މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ދާއިރާތައް ހުކުރު ދުވަހު އިއުލާން ކުރަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 48ސ
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ދާއިރާތައް ހުކުރު ދުވަހު އިއުލާން ކުރަނީ

އަންނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާ ދާއިރާތައް 30 ނޮވެމްބަރ 2018 ވާ ހުކުރު ދުވަހު އިއުލާނު ކުރާނެ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

އެމްޑީޕީ އިން އެކަން އިއުލާނު ކުރީ، މިއަދު އާންމުކުރި ރައްޔިތުންގެ މަޖިލީހުގެ ޕްރައިމެރީ ޓައިމްލައިނުގައެވެ. އޭގައި ބުނެފައިވާ ގޮތުން އެމްޑީޕީން ވާދަކުރާ ދާއިރާތައް ހުކުރު ދުވަހު އިއުލާނު ކުރާނެއެވެ. އަދި ޕްރައިމެރީ އަށް ވޯޓުލުން އޮތޏ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ޕްރައިމެރީގައި ބައިވެރިވުމާއި ވޯޓުލުމުގެ ހައްގު ލިބޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން މެމްބާޝިޕް ފޯމު ހުށަހަޅާ މީހުންނަށް ކަމަށް އެޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީއިން ބުނިގޮތުގައި ޕްރައިމެރީގެ ވޯޓާސް ލިސްޓް ޑިސެމްބަރ މަހުގެ 13 ގައި އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެއެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަސް ކަމުގައި ވެސް އެޕާޓީން ބުނެފައިވެއެވެ.

މިއަދު އޮންލައިން