ސެނެހިޔާގަ ތިއޭޓަރަކާ ވޯޑެއް ހުޅުވައި ހޮސްޕިޓަލުތަކުން އެނދު ނުލިބިގެން އޮޕަރޭޝަން ނުކުރެވިފަ ސިފައިންނަށް ތިބެން ޖެހުން ނިމުމަކަށް ގެނެސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ސެނެހިޔާގަ ތިއޭޓަރަކާ ވޯޑެއް ހުޅުވައި ހޮސްޕިޓަލުތަކުން އެނދު ނުލިބިގެން އޮޕަރޭޝަން ނުކުރެވިފަ ސިފައިންނަށް ތިބެން ޖެހުން ނިމުމަކަށް ގެނެސްފި

ރާއްޖޭގައި ހިންގާ އަސްކަރީ ހޮސްޕިޓަލް، ސެނެހިޔާ ގައި އޮޕަރޭޝަން ކުރާ ތިއޭޓަރަކާއި ބަލިމީހުން އެޑްމިޓް ކުރާނެ ވޯޑެއް ހުޅުވައި ޚިދުމަތްދޭނަ ފަށައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރު ސެނެހިޔާ ހޮސްޕިޓަލުގައި ބޭއްވި ޝަރަފްވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެވެ.

މިރަސްމިއްޔާތުގައި ސެނެހިޔާގެ ކޮމާންޑަންޓް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށުނީންސުރެ އެއިރެއްގެ ފެންވަރުން ސިފައިންނަށް ބޭސްފަރުވާ ކުރެވެމުން އައި ކަމަށެވެ. އަދި މިއަދަކީ އެ ޚިދުމަތް އިތުރަށް ފުޅައުވެ ފުރިހަމަވެގެންދިއަ ދުވަސް  ކަމަށެވެ.  

ޢަބްދުއްރަޙީމް ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރުގައި ފުރަތަމަ ދޭންފަށާނީ ޚިޠާނު ކުރުމުގެ ޚިދުމަތް ކަމަށާއި ކިތާނުކުރާނީ އޮޕަރޭޝަން ކުރާ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރެއްގެ ބެލުމުގެދަށުން ކަމަށެވެ.

 

 

މިއަދު އޮންލައިން