މެންބަރު މުޙައްމަދު ޙުސައިން އާ އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީ އާ ގުޅިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މެންބަރު މުޙައްމަދު ޙުސައިން އާ އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީ އާ ގުޅިއްޖެ

ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން އާއި މާވަށު ދާއިރާގެ މެންބަރު އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ. 2 މެންބަރުންވެސް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައިވަނީ އެކަމަށްޓަކައި ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މަޖިލީހުގައި 30 އަހަރު ޚިދުމަތް ކުރައްވާފައިވާ މުޙައްމަދު ޙުސައިން މިރޭ ވިދާޅުވީ މިދައުރަށް މަޖިލީހަށް ހޮވިވަޑައިގަތީ އެއިރު އޮތް ކޯލިޝަނުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައިކަމަށާއި ޖޭޕީ އާއި ދުރަށް ޖެހިވަޑައިގަތީ ދާއިރާގެ ތަރައްޤީއަށް ކަމަށެވެ. "އަބަދުވެސް އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދެނީ ދާއިރާގެ ތަރައްޤީއަށް."

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ޖޭޕީ އާއި ގުޅިވަޑައިގަތުމުން 2 މެނަބަރުންނަށް މަރްޙަބާ ވިދާޅުވެފައެވެ. ޤާސިމް އިބްރާހީމް ވިދާޅުވީ މުޙައްމަދު ޙުސައިން އަކީ މަޖިލީހުގައި 30 ވަނަ އަހަރު ޚިދުމަތް ކުރައްވަމުން ގެންދަވާ ވަރަށް އިއްޒަތްތެރި މެންބަރެއް ކަމަށެވެ. ހަމަ އެޢާއިއެކު މުޙައްމަދު ޙުސައިން އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ވަރަށް ދިގު މުއްދަތެއްގައި ރައީސް މައުމޫނާއި އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ވަޒީރު ކަމަށާއި އެހައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައި ވީނަމަވެސް މީހަކު އިނގިލި ދިއްކޮށްލާނެ އެއްވެސް ކަމެއް ފެންނަން ނެތުމުން މުޙައްމަދު ޙުސައިންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ސާބިތުވެގެންދާ ކަމަށެވެ.

މިއަދު އޮންލައިން