ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ރަސްމީ ކާރުކޮޅު ޕާކުކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ދާއިމީ ޕާކިން ސްޕޭސް އެމަނިކުފާނު ދޫކޮށްލައްވައިފިއެވެ.
އެގިފައިވާ ގޮތުން، އެމަނިކުފާނު ޕާކިން ސްޕޭސް ދޫކޮށްލެއްވީ އޭގެ ސަބަބުން އަވަށްޓެރިން ޕާކުކުރަން ތަކުލީފު އުފުލަން ޖެހި އެ ޝަކުވާ ޓްވީޓާ މެދުވެރިކޮށް މިނިސްޓަރަށް ދެންނެވުމުންނެވެ. އާންމު ފަރާތަކުން ކުރެއްވި ޓްވީޓަށް، ޖަވާބުދާރި ވަމުން އެމަނިކުފާނު ވިދާޅުވީ ހައުސިން މިނިސްޓްރީއަށް ދަންނަވައިގެން އެ ޕާކިން ސްޕޭސް ނަންގަވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން މިނސްޓަރަށް ޢާންމުންގެ ތައުރީފު ވަނީ ލިބެމުން އެވެ.