ވާދޫގައި އަންހެނަކު ވިހާފައި ތުއްތު ކުއްޖަކު ބާލިދީއަކަށްލާ މަރާލަން އުޅެފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ވާދޫގައި އަންހެނަކު ވިހާފައި ތުއްތު ކުއްޖަކު ބާލިދީއަކަށްލާ މަރާލަން އުޅެފި

ގދ. ވާދޫގައި އަންހެނަކު ވިހާފައި ތުއްތު ކުއްޖަކު ބާލިދީއަކަށްލާ މަރާލަން އުޅުންކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނަންހާމަ ނުކުރުމަށް އެދި ވާދޫ އިން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިން ގޮތުގައި، އެކުއްޖާ ވިހެއި އަންހެން މީހާ ވަނީ ބަލިވެ އިންކަން ސިއްރުކޮށް، އެތައް ފަހަރެއް މަތިން ސުވާލު ކުރުމުން ވެސް އެކަން އިންކާރު ކޮށްފައެވެ. ނަމަވެސް މިރޭ އޭނާ ފާޚާނާ ތެރެއަށް ވިހާފައި، ލެއިތައް ސާފު ކުރަން މަސައްކަތް ކުރި ކަމަށާއި އެގެއަށް އޭނާގެ އަވަށްޓެރި މީހަކު ދިޔުމުން ތުއްތު ކުއްޖާ ބަލިދީ އެއްގެ ތެރެއަށް ލާފައި އޮތްތަން ފެނުނު ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިރޭ 19:20 ހާއިރުއެވެ. ތުއްތު ކުއްޖާ މިހާރު ވަނީ އެރަށު ސިއްޙީ މަރުކަޒަށް ގެންދެވިފައި ކަމާއި އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ގދ. ވަދޫ އިން އަންހެނަކު ރަށްމެދަށް ބަލިވެ އިނދެ ފާޚާނާ ތެރެއަށް ވިހާފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި މިމައްސަލަ ތަހުގީގު ކުރެވެމުންދާތީ މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުވި ވަރަކަށް މީޑިއާތަކާއި ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މިއަދު އޮންލައިން