ވިހެއުމަށްފަހު ބާލިދީއަކަށް ލައި ދަރިފުޅު މަރާލަން އުޅުނު މައިމީހާގެ ދިފާޢުގައި ނަފްސާނީ ޑޮކްޓަރުން ނުކުތުން ލަސްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ވިހެއުމަށްފަހު ބާލިދީއަކަށް ލައި ދަރިފުޅު މަރާލަން އުޅުނު މައިމީހާގެ ދިފާޢުގައި ނަފްސާނީ ޑޮކްޓަރުން ނުކުތުން ލަސްވެއްޖެ!

ވިހެއުމަށްފަހު ބާލިދީއަކަށް ލައި ދަރިފުޅު މަރާލަން އުޅުނު މައިމީހާގެ ދިފާޢުގައި ނަފްސާނީ ޑޮކްޓަރުން ނުކުތުން ލަސްވެއްޖެ ކަމަށް ގިނަ ބައަކު މިހާރުވެސް ބުނަން ފަށައިފިއެވެ. ގިނަ ބައަކު ބުނަމުން ދަނީ ﷲ ތަޢާލާ ޙަރާމް ކުރެއްވި ކަންކަން ކުރުމުންނާއި މުރުތައްދުވުން ފަދަ ނުބައިކަން ބޮޑު އަމަލުތައް ކުރުމުން ނަފްސާނީ ޑޮކްޓަރުން ކަންބޮޑުވެ ކުށް ކުރި މީހާގެ ދިފާޢުގައި ނުކުންނައިރު އެ ކުއްޖާގެ މަންމަގެ ނަފްސާނީ ހާލާއިމެދުވެސް އެ ޑޮކްޓަރުން ކަންބޮޑުވާނެ ކަމަށް ޤަބޫލުކުރާށެވެ.

ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ރޭ ބުނެފައިވަނީ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ. ފުލުހުންގެ ތެރޭގައި ނަފްސާނީ ޑޮކްޓަރުން އަދި ތިބި ކަމެއް އެނގިފައެއް ނުވެއެވެ. ފުލުހުންގެ ބުރަ މަސައްކަތުން ތަޙްޤީޤް ނިންމާފަހުން ނަފްސާނީ މައްސަލަ ނުކުމެދާނެ ކަމަށް ބަލައި ކުރިއާލައި އެކަންކަން ބަލައިގެން ތަޙްޤީޤް ކުރިއަށް ގެންދިއުމަށްވެސް ގިނަ ބައަކު އެދެއެވެ. ދާދިފަހުން ކުރިމަތިވި މުރުތައްދުވުމުގެ ބަލި ޖެހިފައިވާ މީހާގެ މައްސަލައަިގައިވެސް ބައެއް މީހުން ބުނެފައިވަނީ އެނާއަކީ ލޯބި ނުލިބިގެން އުޅޭ އަންހެނެއް ކަމަށެވެ.

ވީމާ މި ކުއްޖާގެ މަންމަ އެކަންކުރީވެސް ލޯބިވެގެން އެ ގުޅުން ހިންގި މީހާ ކައިވެނި ނުކުރުމުގެ މައްސަލައިގައި ކަމަށް ވެދާނެ ކަމަށްވެސް ގިނަ ބައަކު ބުނެއެވެ. މިފަދަ މައްސަލައެއް އޮވެއްޖެނަމަ އޭނާވެސް ވާނީ ނަފްސާނީ ނުކުޅެދުންތެރިކަމުގައި ހުރި އަންހެނަކަށް ކަމަށް ކަނޑައަޅައި އޭނާގެ ދިފާއުގައި ނަފްސާނީ ޑޮކްޓަރުން ނުކުތުމަކީ ހަމަ ވަރަށް ގާތް ކަމެއް ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން