އޮޑިޓް ރިޕޯޓްތަކުގަ ފާހަގަކުރާ ކަންކަން ތަކުރާރުވުން ހުއްޓުވަން ޖެހޭ: އޮޑިޓަރ ޖެނެރަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އޮޑިޓް ރިޕޯޓްތަކުގަ ފާހަގަކުރާ ކަންކަން ތަކުރާރުވުން ހުއްޓުވަން ޖެހޭ: އޮޑިޓަރ ޖެނެރަލް

އޮޓަރ ޖެނެރަލްގެ އޮފީހުން ނެރޭ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރާ ކަންކަން ތަކުރާރުވުން ހުއްޓުވުން ޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޒިޔަތު މިއަދު ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރިޕޯޓެއް ނެރުނު ނަމަވެސް ފާހަގަކޮށްފައި ހުންނަ ކަންކަމަށް ސަމާލުކަން ލިބުމުގައި މައްސަލަތައް އެބަހުރި ކަމަށެވެ. ކަމއް ކިރިޔާވެސް ސަމާލުކަމަށް އަންނަނީ މީޑިއާތަކުން ކަންކަން ސަމާލުކަމަށް ގެނައުމުން ކަމަށެވެ.

ޒިޔަތު ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި 25 ޝާޓަރޑް އެކައުންޓަންޓުން އެބަތިބި ކަމަށާއި އޮޑިޓް ކުރުމުގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވި ރިޕޯޓްތައްވެސް ދަނީ ނެރެވެމުން ކަމަށެވެ. "އޮޑިޓް ނުނިމި މިހާރު ވަނީ 3 މިނިސްޓްރީއެއްގެ." ޒިޔަތު ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ އެއްވެސް މައްސަލައަކާއި ގުޅިގެން ފިޔަވަޅު އަޅާ މުއައްސަސާއެއް ނޫން ކަމަށާއި އޮޑިޓް ރިޕޯޓްގައި ޖިނާޢީ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އޭސީސީ އަށާއި ފުލުހުންނަށް ރިޕޯޓް ކުރަމުން ގެންދާ ކަމަށެވެ.

މިއަދު އޮންލައިން