ކޯޓު ސަރަހައްދުގަ ޕާކުކޮށްފައި އޮތް ކާރެއްގެ ދަށުގައި ފިލާއޮތް ކުޑަ މިނިކާވަގެއް އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 28ސ
ކޯޓު ސަރަހައްދުގަ ޕާކުކޮށްފައި އޮތް ކާރެއްގެ ދަށުގައި ފިލާއޮތް ކުޑަ މިނިކާވަގެއް އަތުލައިގެންފި

އިންޑިއާގެ ޝިމްލާގެ މައި ކޯޓު ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގެ ދަށުގައި ފިލައި އޮތް ކުޑަ މިނިކާވަގެއް އަތުލައިގެންފިއެވެ.

މިނިކާވަގު ފެނުމުން ޢާންމުން ފުރަތަމަ އެންގީ ފުލުހުންނަށެވެ. ފުލުހުން އެތަނަށް ގޮސް ބެލުމަށްފަހު ޖަންގަލި ބަލަހައްޓާ ސިފައިންނަށް އެންގުމުން މިނިކާވަގު އަތުލައިގަތީ ދާޖަހައިގެންނެވެ. ޖަންގަލި ބަލަހައްޓާ ސިފައިން ބުނެފައިވަނީ އެއީ ވަރަށް ހަގު މިނިކާވަގެއް ކަމަށާއި އެތަނަށް އާދެވިފައި އެވަނީ މަގު އޮޅިގެން ކަމަށެވެ.

މިނިކާވަގު ފަދަ ބައެއް ޖަނަވާރުތައް އިންޑިއާގައި ވަނީ ހިމާޔަތްކޮށްފައެވެ.

މިއަދު އޮންލައިން