ހީމޯފީލިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ވާރލްޑް ފެޑެރޭޝަން އޮފް ހީމޯފިލިއާގެ ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ހީމޯފީލިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ވާރލްޑް ފެޑެރޭޝަން އޮފް ހީމޯފިލިއާގެ ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހީމޯފީލިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ވާރލްޑް ފެޑެރޭޝަން އޮފް ހީމޯފިލިއާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ހީމޯފީލިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ވާރލްޑް ފެޑެރޭޝަން އޮފް ހީމޯފީލިއާގެ ފަރާތުން ވަނީ ހީމޯފީލިއާ ބަލީގެ ޙާލަތު ރާއްޖޭގައި އޮތް މިންވަރު ހިއްސާކުރައްވައި، އެ ބަލީގެ ފަރުވާ ހޯދުމުގައި ރާއްޖޭގައި މިވަގުތުހުރި ދަތިތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހީމޯފީލިއާ ބައްޔަށް ރާއްޖޭގައި ދެވޭނެ ފަރުވާއާއި ބެހޭގޮތުން އެ ބޭފުޅުންނާ މަޝްވަރާކުރައްވައި މި ބަލީގެ ފަރުވާ ހޯދުމުގައި ރާއްޖޭގައި މިވަގުތުހުރި ދަތިތައް ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

މިއަދު އޮންލައިން