މައްސަރުކަންތައް ޖެހުމުން އަންހެނުން ބޭނުންކުރާ ޕެޑުން ޖީއެސްޓީ ކަނޑާލީމާ ލިބޭނީ ކިހައިވަރެއްގެ ފައިދާއެއް ކަމާއިމެދު ބައެއް މީހުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. ޖަވާބަކީ މަހަކު 3 ކިއްލި ލިބިދާނެ އެވެ. މިކަމާއި ގުޅިގެން އަންހެނަކު ބުނީ އޭނާ ބޭނުންކުރަނީ 20 ރުފިޔާއަށް ޕެކެތޔެއް ލިބޭ ޕޭޑް ކަމަށެވެ. ގިނަވެގެން ބޭނުންވަނީ މަހަކު 2 ޕެކެޓް ކަމަށެވެ.
އެހެންކަމަށްވާނަމަ އެނާ އަތުން ޕެޑަށް ޚަރަދުވާނީ މަހަކު 40 ރުފިޔާއެވެ. ޖީއެސްޓީއަކީ 8 އިންސައްތަ ކަމަށް ބަލައިފިނަމަ ޖީއެސްޓީއަށް ދައްކަން ޖެހޭނީ މަހަކު 3 ރުފިޔާ 20 ލާރިއެވެ.
ކިއްލި ޕެކެޓެއްގެ އަގަކީ 1 ރުފިޔާއެވެ. ވީމާ ޕެޑުން ޖީއެސްޓީ ދައްކަން ނުޖެހުމުން ލިބޭ ފައިދާއިން ގަނެވޭނީ 3 ކިއްލިއެވެ. ބައެއް އަންހެނުން ބުނަނީ އެ ދުވަސްތަކުގައި ހަށިގަނޑުން ގިނަ އަދަދެއް ގެ ލޭ ބޭރުވާތީ އެކަން ފޫބެއްދުމަށް ރަނގަޅު ކާނާ ކާން ޖެހޭ ކަމަށެވެ. އެގޮތުން ކޮންމެހެން ކާން ޖެހޭ ތަކެތީގެ ޖީއެސްޓީއަށް ހޭދަކުރަންޖެހޭ މިންވަރު މާ ބޮޑު ކަމަށެވެ.