'ކޫލް ސްކޫލް' ޕްރޮޖެކްޓް: މިހާތަނަށް 192 ކްލާސްރޫމާއި 80 ހޯލުގައި އޭސީ ހަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
'ކޫލް ސްކޫލް' ޕްރޮޖެކްޓް: މިހާތަނަށް 192 ކްލާސްރޫމާއި 80 ހޯލުގައި އޭސީ ހަރުކޮށްފި

"ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން، މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލުގެ 192 ކްލާސްރޫމާއި 80 ހޯލުގައި އޭސީ ހަރުކޮށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ވޭތުވެދިޔަ މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިމަނައިގެން އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢު ދަށުން ސްކޫލުތަކުގެ ކިޔެވުމުގެ މާހައުލު ފިނިކޮށް، ދަރިވަރުންނާއި މުދައްރިސުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް އަވަސްކޮށް ނިންމުމަށްޓަކައި، މިދިޔަ އަހަރުގެ ތެރޭގައި 54 މިލިއަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ސަރުކާރުގެ 217 ސްކޫލު ހުންނައިރު، މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްކޮށް އޭސީ ކުރުމަށްޓަކައި ޖުމްލަ 9,400 އޭސީ ބޭނުންވާނެއެވެ.

މި ބިޔަ މަޝްރޫޢުގެ މާލީ ތަފްސީލުތަކަށް ބަލާއިރު، މަސައްކަތުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ހަރުކުރާ އޭސީތައް ގަވާއިދުން ބެލެހެއްޓުމަށް އަހަރަކު 3.5 މިލިއަން ރުފިޔާ އަދި މަރާމާތު ކުރުމުގެ ޚަރަދުގެ ގޮތުގައި އަހަރަކު 10 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ލަފާކޮށްފައިވެއެވެ.

މިއަދު އޮންލައިން