މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުން މިއަހަރު ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މި ގްރާންޓަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޑިސެންބަރު މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

މާލީ އެހީތެރިކަމަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވަންގަވް ގައި ޤާއިމުކޮށްފައިވާ މީޑިއާ އެޕް މެދުވެރިކޮށެވެ.

ކޮމިޝަނުން ހާމަކުރި ގޮތުގައި މި އެހީއަށް ކުރިމަތިލެވޭނީ ރަޖިސްޓްރީކޮށްގެން ހިންގާތާ މަދުވެގެން އެއް އަހަރު ދުވަސް ވެފައިވާ މީޑިއާތަކަށެވެ. އަދި ބްރޯޑްކާސްޓިންގ ދާއިރާގެ ފަރާތެއް ނަމަ، އެ ފަރާތަކީ ޤަވާޢިދުން ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވާންޖެހޭނެ ކަމަށް ވެސް ކޮމިޝަނުން ބަޔާންކުރެއެވެ.

މިއުސޫލުގައިވާ ގޮތުން، އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގި ނަމަވެސް، މާލީ އެހީ ލިބޭނީ އެ ފަރާތަކުން ޚިޔާރުކުރާ އެންމެ މީޑިއާއަކަށެވެ. މީގެ ތެރޭގައި މައި ކުންފުނީގެ ޙިއްސާ އޮންނަ އަދި ސަބްސިޑިއަރީ ކުންފުނިތަކުން ހިންގާ މީޑިއާތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން، ކޮންމެ މީޑިއާއަކުން ވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެއް ކަމަށާއި، އިޚްތިޔާރު އުސޫލުގެ ދަށުން އެ ފަރާތްތަކަށް ޚިޔާރުކުރެވޭނީ ގިނަވެގެން ދެ މީޑިއަމް ނުވަތަ އެ މީޑިއާއަކުން ބޭނުންކުރާ ދެ މަންސަ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން