ރާއްޖޭގެ އެންމެ ހިތްގައިމު އެއް ރިސޯޓް ވިއްކާލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ރާއްޖޭގެ އެންމެ ހިތްގައިމު އެއް ރިސޯޓް ވިއްކާލަނީ!

ދިވެހިރާއްޖޭގެ އެންމެ ހިތް ގައިމު އެއް ރިސޯޓު ކަމަށްވާ ކޮންޑްރެޑް މޯލްޑިވްސް ވިއްކާލުމުގެ މަސައްކަތް އެ ރިސޯޓު ހިންގާ ކުންފުނިން ފަށައިފިއެވެ. 

އެނގިފައިވާ ގޮތުން އެ ރިސޯޓު ވިއްކާލަން ބޭރުގެ ބަޔަކާއެކު  މިހާރު ދަނީ މަޝްވަރާތައް ކުރަމުންނެވެ.  ނަމަވެސް، އެ ރިސޯޓު ވިއްކާލާ އަގާއި، ވިއްކާލަނީ ކޮން ކުންފުންޏަކަށް ކަމެއް އެގިފައެއް ނުވެއެވެ. 

ކޮންޑްރެޑް މޯލްޑިވްސް ވިއްކާލުމަށް ނިންމައި އެކަން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން މިހާރު ވަނީ ރައިޓްސް ބަދަލު ކުރަން އިއުލާނުކޮށްފަ އެވެ.

އެ އިއުލާނުގައި ބުނީ އދ. ރަންގަލި ފިނޮޅުގެ ލީޒް އެގްރީމަންޓް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދިފައިވާތީ، އެ ރަށާ ގުޅުންހުރި އެއްވެސް ދަރަންޏެއް ނުވަތަ އެހެނިހެން މައްސަލައެއް އޮތްނަމަ އެކަން 14 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީ އަށް ލިޔުމަކުން އެންގުމަށް އެދޭ ކަމަށެވެ.

މިއަދު އޮންލައިން