ވާދޫއިން ފެނުނު ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވާދޫއިން ފެނުނު ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި

ގދ. ވަދޫގައި ކައިވެނިން ބޭރުން ބަލިވެއިން އަންހެނަކު އެކަނި ވިހެއުމަށްފަހު ބާލިދީ އަކަށްލާފައި އޮއްވާ ފެނުނު ތުއްތު އަންހެން ކުއްޖާ މިވަގުތު އޮތީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ޖެންޑަރ މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ، ބާލިދީ އަކަށް ލާފައި އޮއްވާ ފެނުނު އެތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެކުއްޖާގެ ކަންކަން ބަލަހައްޓަމުން އަންނަނީ ޖެންޑަރ މިނިސްޓްރީން ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރރުން އެމިނިސްޓްރީން ބުނެފައިވަނީ، އެމައްސަލައާއި ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރިއަށްދާ ކަމަށާއި ރިއާޔަތް ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އާއިލާއާއި އެކުއްޖާ ހަވާލު ކުރާނީތޯ ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާނީތޯ ނިންމާނީ އެކަންކަމަށް ރިއާޔަތް ކޮށްފައި ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

ކުއްޖާ ވިހެއި އަންހެން މީހާއާއި ތުއްތު ކުއްޖާ މިހާރުވެސް އޮތީ ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

އެހޮސްޕިޓަލުން ބުނިގޮތުގައި އެދެމައިންގެ ހާލު ވެސް ރަނގަޅެވެ. އެނގިފައިވާ ގޮތުގައި މާދަމާ އެދެމައިން ވެސް ހޮސްޕިޓަލުން ދޫކޮށްލާނެއެވެ.

 

މިއަދު އޮންލައިން