ބަދުއަޚްލާޤީ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 26ސ
ބަދުއަޚްލާޤީ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަނީ

ރ. އަލިފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ބަދުއަޚްލާޤީ ޢަމަލުހިންގިކަމަށް ތުޙުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ފުލުހުން  ހޯދަން  މަސައްކަތް ކުރެއެވެ.

މިމައްސަލައާ ގުޅިގެން ހޯދަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުޙައްމަދު ސުނޮތް ޢަލީ (ޕާސްޕޯޓު ނަމްބަރ: 0292469 ބީސީ)އެވެ.

މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9992245ށް ގުޅާ ޙިއްސާކުރުމަށް އެދެއެވެ.

 

މިއަދު އޮންލައިން