އަންނަ އަަހރުގައި މަޖިލިސް އިންތިޚާބުގައި ކޯލިޝަނުގެ 4 ޕާޓީން ވާދަކުރާނެ ގޮތާއި ބެހޭ ގޮތުން ކޯލިޝަނުގެ 4 ލީޑަރުން މަޝްވަރާކުރައްވައިފި އެވެ. މިކަމަޝްވަރާ ކުރައްވާފައި ވަނީ މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައެވެ. މަޝަވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި 4 ލީޑަރުންވެސް ވަނީ މީގެ ކުރީގެ މަޝްވަރާތައް ފަދައިން މިއަދުގެ މަޝްވަރާތަކުން ވެސް ރަނގަޅު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ހާމަކުރައްވައިފައެވެ.
4 ލީޑަރުންގެ އެއްބަސްވުން ކުރިއަށް ގެންދިއަ 18، 19 ކޮމިޓީން ވަނީ މިކަމުގައިވެސް އެއްބަސްވުމަކަށް އައިސްފައެވެ. އެހެންކަމުން މިހާރު މަޝްވަރާކުރަން އޮންނާނީ ހަމަ އެކަނި ވާދަކުރާނެ ދާއިރާތަކަށް އެބަސްވުމެވެ. މިއަދުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާ މާދަމާ ހާމަކުރައްވާނެ ކަމަށް ލީޑަރުން ވަނީ ވިދާޅުވެފައެވެ.
2008ގެ ސަރުކާރަށްވެސް އެންމެ ބޮޑު މައްސަލައަކަށް ކުރިމަތިވީ 2009ގެ މަޖިލިސް އިންތިޚާބުގައި ބައިބައިވުންކަން ފާހަގަކުރެވެއެވެ. އަދި 2014 ގައިވެސް ހަމަ މި މައްސަލަ ވަނީ ކުރިމަތިވެފައެވެ. 2008ގެ ސްރުކާރަށްވެސް އަދި 2013 ގެ ސަރުކާރަށް ވެސް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވީ ވެސް ވެރިކަމަށް އަންނަން ޤާއިމުކުރާ ކޯލިޝަން އެއްބަސްވުންތަކަށް ވެރިކަން ލިބުމުން އަމަލު ނުކުރުންކަންވެސް ފާހަގަކުރެވެއެވެ.