ސިޔާސީ ޕާޓީއެއް އުފައްދަން އާސިފަށް ހުއްދަ ދީފި

ކިޔުމަށް ހޭދަވާނީ 49ސ
ސިޔާސީ ޕާޓީއެއް އުފައްދަން އާސިފަށް ހުއްދަ ދީފި

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްއަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

 

މިކަމާއި ގުޅޭގޮތުން އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

 

އާސިފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އޭނާ ފެށީ ރާއްޖޭގައި ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުންނާއި ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދިނުމާއި މިނިވަން ކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ.

 

އާސިފް ވިދާޅުވީ ޕާޓި އުފެއްދުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި އެގޮތުން ޕާޓީއަށް މީހުން ސޮއި ކުރުމާއި ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއަދު މެންދުރުފަހު 14:00 ހާއިރު މުހިންމު ބޭފުޅަކު ޕާޓީއާ ގުޅިވަޑައިގެންފި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މިއަދު އޮންލައިން