އަލަށް އުފެއްދި އެމްޓީޑީ ޕާޓީއަށް އެންމެ ފުރަތަަމަ ސޮއި ކުރެއްވީ އަދީބު

ކިޔުމަށް ހޭދަވާނީ 59ސ
އަލަށް އުފެއްދި އެމްޓީޑީ ޕާޓީއަށް އެންމެ ފުރަތަަމަ ސޮއި ކުރެއްވީ އަދީބު

މިއަދު އަލަށް ރެޖިސްޓްރީ ކުރި ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސޮއި ކުރައްވައިފިއެވެ. އެޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީ ވެސް އަދީބެވެ.

އަދީބުގެ ބަލިހާލަތު ދަށްވުމުގެ ސަބަބުން އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރުމަށް ކަރެކްޝަންސް އިން ހުއްދަ ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ކިޑްނީގައި ހިލަތކެއް އުފެދުމުގެ ސަބަބުން އެހިތައް ނައްތާލުމަށް އޮޕަރޭޝަނެއް ކުރުމަށްފަހު އައިޖީއެމްއެޗް ގައި އެމަނނިކުފާނު އެޑްމިޓް ކޮށްފައިވެސް ބޭއްވުނެވެ.

އެމްޓީޑީ އަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ހިންގަވާ ޕާޓީއެކެވެ. އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އާސިފަށް ދެއްވާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދީފައިވާއިރު، 3000 މެމްބަރުން އެމްޓީޑީ ޕާޓީއަށް ހަމަކުރުމަށް އީސީ އިން ދީފައިވަނީ ތިންމަސް ދުވަހުގެ މުއްދަތެކެވެ. އެއީ ސިޔާސީ ޕާޓީއެއް އުފެއްދޭނީ އެޕާޓީއެއްގައިއެންމެ މަދު ވެގެން 3000 މެމްބަރުން ތިބެގެން ކަމަށްވާތީއެވެ.

 

މިއަދު އޮންލައިން