ރާއްޖޭގައި ހިލޭ މަތީ ތަޢުލީމަށް ކިޔެވޭނެގޮތް ހަމަޖެހިގެންދިޔުމަކީ، ތަޢުލީމީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް: ނައިބު ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރާއްޖޭގައި ހިލޭ މަތީ ތަޢުލީމަށް ކިޔެވޭނެގޮތް ހަމަޖެހިގެންދިޔުމަކީ، ތަޢުލީމީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް: ނައިބު ރައީސް

މަތީ ތަޢުލީމް ހާސިލުކުރަން ބޭނުންވާ ކުދިންނަށް ދިވެހިރާއްޖޭގައި ހިލޭ މަތީ ތަޢުލީމަށް ކިޔެވޭނެގޮތް ހަމަޖެހިގެންދިޔުމަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ  އެވިޑް ކޮލެޖުން ދަސްވެނިވުނު ހުރިހާ ދަރިވަރުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ. އަދި، އެ ދަރިވަރަކު މަތީ ތަޢުލީމު ހާސިލުކުރި ދާއިރާއަކުން ޤައުމަށް އިޚްލާޞްތެރި މަތިވެރި ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވާނޭކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި މި ސަރުކާރުން ތަފާތު އެކި ތަމްރީނުތަކާއި ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގެވުމަށް ރާވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާސްޓަރ އޮފް ޕްރޮޖެކްޓް މެނޭޖެމަންޓް ހާސިލުކުރި ދަރިވަރުންނަށާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރި ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މިއަދު އޮންލައިން