ޒަމަނީ މަސްވެރިކަމުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގެމަނަފުށީ މަސްވެރިންނާއި ކ. މާފުށީ މަސްވެރިން ބައްދަލުކޮށް މައުލުމާތު ހިއްސާކޮށްފިއެވެ.
ގެމަނަފުށްޓަކީ މަސްވެރިކަން ކުރުމުގެ އިތުރުން މަހުގެ ބާވަތައް ރަނގަޅު ފެންވަރުގައި އުފައްދައި ބާޒާރުގައި ރަނގަޅު އަގު ހޯދަމުން އަންނަ ރަށެކެވެ. މަހުގެ އުފެއްދުންތައް އިތުރުކޮށް ރަނގަޅު ފެނަވަރުގައި ބާޒާރަށް ނެރުމަކީ އެކަމުގެ ސަބަބަބުން އިތުރު އެތައްބައަކަށް އާމްދަނީ ލިބި އަދި ލިބޭ އާމްދަނި އިތުރުވާނެ ކަމެކެވެ.
ރާއްޖޭގެ މަސްވެރިންގެ ގުޅުން ބަދަހިވެ މައުލޫމާތު ހިއްސާކުރުމަކީ މަސްވެރިކަމަށް ކުރިއެރުން ލިބޭނެ ކަމެކެވެ.