އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ކޯލިޝަނުން ވާދަކުރުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި މިއަދު ކުރިއަށް ގެންދިއަ ބައްދަލުވުމުގައި އިސްކޮށް ތިއްބެވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ.
އެމްޑީޕީ އާއި ޖޭޕީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމާއިބެހޭ އެއްވެސް ތަފްޞީލެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
ކޯލިޝަނުގެ އެއްބަސްވުމަށް ޢަމަލުކުރާނަމަ މަޖިލިސް އިންތިޚާބުގައި ވެސް އެމްޑީޕީއަށް ވާދަކުރެވޭނީ ގޮނޑީގެ 40 އިންސައްތަ އަށެވެ. އެއީ 35 ގޮނޑިއެވެ. ނަމަވެސް އެމްޑީޕީން 61 ގޮނޑިއަށް ވާދަކުރާނެ ކަމުގެ އަޑުތަކެއް މިހާރުވެސް ވަނީ ފެތުރިފައެވެ.