މަޖިލިސް އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ވާދަކުރަން އެމްޑީޕީން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
މަޖިލިސް އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ވާދަކުރަން އެމްޑީޕީން ފާސްކޮށްފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ވާދަކުރަން އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް ހުށަހަޅުއްވާފައިވަނީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުއެވެ.

ހުރިހާ ދާއިރާތަކަކަށް މިރޭގެ ޤައުމީ މަޖިލީހުގައި ފާސްކުރީ ޤައުމީ މަޖިލީހުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިން 79 މެންބަރުން ހުށަހެޅުމަށް ތާއީދުކޮށްގެންނެވެ. 

ކޯލިޝަނުގެ އެއްބަސްވުމަށްބަލައިފިނަމަ އެމްޑީޕީއަށް ލިބޭނީ 35 ގޮނޑިއެވެ. ނަމަވެސް އެމްޑީޕީއަށް 60 ގޮނޑި ބޭނުންވެގެން ކޯލިޝަނުގެ 4 ލީޑަރުންނަށް ހުށަހެޅި ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފައެވެ.

މިއަދު އޮންލައިން