ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުމީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުމީހަކު ހައްޔަރުކޮށްފި

 ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

 ވައިގެ މަގުން ފުވައްމުލަކު ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށްދޭން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަނެއްގައި  ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ނޮވެމްބަރ 30ވަނަ ދުވަހުގެރޭ 21:35 ހާއިރު ފުވައްމުލަކު އެއަރޕޯރޓުން މި މީހާ ފުލުހުންގެ ބެލުމުގެ ދަށަސް ގެންގޮސް ހަށިގަނޑު ބަލައިފާސްކުރިއިރު، ފުރަގަސްފަރާތުގައި ފޮރުވާފައި ހުރިކަން ފާހަގަކުރެވިގެން،  ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ކޮތަޅަކާއި މަސްތުވާ ތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް އަޅާފައިވާ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 މި މީހާގެ ބަންދާއި މެދު ގޮތެއްނިންމުމަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިއަދު އޮންލައިން