ގއ. ވިލިނގިލީގައި ހުންނަ ޕޮލިސް އެކޮމަޑޭޝަން ބްލޮކްގައި ރޭ ދަންވަރު ރޯވެ، ދެ ފުލުހަކަށް އަނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެތެއިން އެއް ފުލުހަކު ވަރަށް ބޮޑަށް ފިހި، އަނެއް ފުލުހަކު ވަނީ ޒަޚަމްވެފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާގެ މައުލޫމާތު ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 1:45 ހާއިރުއެވެ.
އަލިފާނުގެ މިހާދިސާގައި އަނިޔާވި ދެ ފުލުހުންނަށް ތިނަދޫ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން ފަރުވާ ދެމުން ގެންދާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ކަރަންޓު ޝޯޓެއް ވެގެންނެވެ. އަދި އަލިފާނުގެ މިހާދިސާ ހިނގީ އެދެ ފުލުހުން ނިދާފައި ތިބި ކޮޓަރީގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.