އެއް އުރައިގަ 2 ކަނޑިއަކަށް ނޯވެވޭނެ: ޢަބްދުއްސައްތާރު މޫސާ ދީދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އެއް އުރައިގަ 2 ކަނޑިއަކަށް ނޯވެވޭނެ: ޢަބްދުއްސައްތާރު މޫސާ ދީދީ

ރާއްޖޭގައި އެންމެފަހުން ބޮޑުވަޒީރުކަން ކުރެއްވި އަޙްމަދު ޒަކީއަށް އެ ފުރުޞަތު ލިބިވަޑައިގަތީ ޢަބްދުއްސަތާރު މޫސާ ދީދީ އެމަޤާމް ޤަބޫލުފުޅު ނުކުރެއްވެވުމުންނެވެ. ޢަބްދުއްސަތާރު މޫސާ ދީދީ އެ މަޤާމު ޤަބޫލުފުޅު ނުކުރެއްވެވުމުން ޢާއިލާގެ އިސްބޭފުޅަކު ދެންނެވިއެވެ.

"ކޮއްކޯފުޅު ބޮޑުވަޒީރުކަން ވެސް ދޫކޮށް ލެއްވެވީތޯއެވެ؟" ޖަވާބުގައި ޢަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވިކަމަށްވަނީ "އެއް އުރައިގަ ދެކަނޑިއަކަށް ނޯވެވޭނެ" ކަމަށެވެ. (އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން މިސުވާލު ކުރެއްވެވީ އިރުމަތީގޭ އިސްމާޢީލް ދީދީ އެވެ.)

2،3 އަހަރުފަހުން "ކުޑަ ބުރާސްފަތި" އައިސް އަހްމަދު ޒަކީ ހައްޔަރުކޮށް ފުވައްމުލަކަށް އަރުވާލެވުނެވެ. ޢަބްދުއްސައްތާރު މޫސާ ދީދީ އެދުވަހު ވިދާޅުވި ބަސްފުޅު ޙަޤީޤަތަކަށްވެގެން ދިއަތަން ފެނުނެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުން މިއަދު މިފެންނަނީ މިފަދަ ކަންތައްތަކެއް ނޫން ކަމާއިމެދު ގިނަ ބައަކު މިހާރުވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން