ކުޑަދޫ މޯލްޑިވްސް ރިޒޯޓް ހުޅުވައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ކުޑަދޫ މޯލްޑިވްސް ރިޒޯޓް ހުޅުވައިފި!

ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެން ހުޅުވައިފިއެވެ. 

ތިން ހެކްޓަރުގެ މި ރީތި ރަށް ތަރައްގީކޮށްފައި ވަނީ "ޗަމްޕާ" އިންނެވެ. ޖުމުލަ 15 ވޯޓާ ވިލަ ހިމެނޭ މި ރިޒޯޓު ފަރުމާކުރުމުގެ މޭސްތިރިއަކީ ޖަޕާނުގެ މަޝްހޫރު ފަރުމާކުރުންތެރި އެކެވެ.

އެހެން ރިޒޯޓުތަކޭ ވެސް އެއްގޮތަށް މި ރިޒޯޓުގައި ވެސް ހިތްގައިމު ރެސްޓޯރެންޓްތައް ހުރެއެވެ. މީގެ އިތުރުން އިންފިނިޓީ ފޫލާއި ޖިމް ސްޕާ ހިދުމަތައް އަދި މޫދު ކުޅިވަރުތަކަށް ހާއްސަ ވަސީލަތްތައް ވެސް މި ކުޑަކުޑަ ރިޒޯޓުގައި ގާއިމްކޮށްފައިވެ އެވެ.

މިރަށް ފަރުމާކޮށްފައިވަނީ ރަށުގެ ބޮޑު ބަޔަކަށް އަވިން ލިބޭ ހަކަތައިން ހަކަތަ ބޭނުން ކުރެވޭ ގޮތަށް، 2000 ސްކޮޔާ މީޓަރުގެ ސޯލާ ޕެނަލް ވެސް  ހިމެނޭ ގަތަށެވެ.

މިއީ ރައީސް ޞާލިޙްގެ ވެރިކަމުގައި ހުޅުވި ފުރަތަމަ ރިޒޯޓުކަން ފާހަގަކޮށްލަމެވެ.

މިއަދު އޮންލައިން