ޚިޔާނާތާ އަނިޔާވެރިކަމަށް އިންޞާފު ހޯދައި ނުދެވޭނަމަ ރައްޔިތުން ދުވަހަކުވެސް ސަރުކާރަށް އިތުބާރެއް ނުކުރާނެ!: އީވާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޚިޔާނާތާ އަނިޔާވެރިކަމަށް އިންޞާފު ހޯދައި ނުދެވޭނަމަ ރައްޔިތުން ދުވަހަކުވެސް ސަރުކާރަށް އިތުބާރެއް ނުކުރާނެ!: އީވާ

އެއްވެސް ސަރުކާރަކަށް ރައްޔިތުން މިހާރުވެސް އިތުބާރު ނުކުރާ ކަމަށާއި ޚިޔާނާތާއި އަނިޔާވެރިކަމަށް އިންޞާފު ހޯދައި ނުދެވޭނަމަ ރައްޔިތުން ދުވަހަކުވެސް ސަރުކާރަށް އިތުބާރު ނުކުރާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ގެއްލިފައިވާ ރައްޔިތުންގެ ފައިސާ ހޯދުމަށާއި ގޮތް ނުއެނގޭ ގޮތަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ދެ ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަށް މިއަދު މަޖިލީހުގައި ކުރިއަށް ގެންދާ ބަހުސްގައި އީވާ ވިދާޅުވީ ޚިޔާނާތްތެރިވެފައިވާ މީހުންގެ މައްސަލަތަކާއި އަނިޔާވެރިވެފައިވާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު ނުއަޅައިފިނަމަ އެމީހުން މަޖިލީހުގެ ތެރެއަށްވެސް އަލުން ވަންނާނެ ކަމަށާއި ކަންކަން ރަނގަޅު ގޮތުގައި ކުރަން ހުރްސްއަޅާނެ ކަމަށެވެ.

އީވާ ވިދާޅުވީ ކޮންމެ ކަމަކާއި ގުޅިގެންވެސް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށާއި އެއީ އެއިރަކު އޮންނަ ސަރުކާރެއްގެ އެންމެ ބޮޑު މަސްއޫލިޔަތަށް ވާނެޖެހޭނެ ކަމަށެވެ. ފިޔަވަޅު ނުއަޅާނަމަ ޤާނޫނާއި ޚިލާފަށް ކުރާ ކަންކަން ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށެވެ.

މިއަދު އޮންލައިން