ޖޭއެސްސީގެ މެންބަރު ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢައްޔަނު ކުރެއްވި ރޭނިސް ސަލީމް ޖޭއެސްސީގެ މެންބަރުކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަކިކުރައްވައިފިއެވެ.
އޭނާ މަޤާމުން ވަކިކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ޖޭއެސްސީގެ މެންބަރު ކަމުގައި ހުރެ ރިޔާސީ އިންތިޚާބުގެ ވޯޓާއި ގުޅިގެން ރައީސް ޔާމީނުގެ ފަރާތުން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގައި އިސްކޮށް ސަލީމް ހުންނެވުމުން ޤާނޫނީ އިސް ބޭފުޅުން ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.