އައިޖީއެމްއެޗްގެ ސީއީއޯއަކަށް ބަންދު އިބްރާހީމް ސަލީމް ހަމަޖައްސަވައިފިއެވެ.
އިބްރާޙިމް ސަލީމަކީ ސަރުކާރުގެ ބަނގުރޫޓުވާ ކުންފުނިތައް ނަގައި ކޮޅަށް ޖެހުމުގައި ނަމޫނާ ދައްކަވާފައިވާ ޚިދުމަތްތެރިއެވެ. އެގޮތުން ވީރާނާވެފައިވަނިކޮށް އެމްޓީސީސީ، އައިލަންޑް އެވިއޭޝަން އެމްއޭސީއެލް ފަދަ ކުންފުނިތަކުގައި ސަލީމް ކުރައްވާފައިވާ މަސައްކަތްތަކަކީ ތަޢްރީފް ޙައްޤު މަސައްކަތް ތަކެކެވެ. އެމއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމުން ސަލީމް ވަކިކުރި ހިސާބުން ސަލީމް ވަނީ ސަރުކާރަށް ޚިދުމަތް ކުރެއްވުން ހުއްޓަވައިލައްވައި އަމިއްލަފުޅު އިންޝުއަރަންސް ކުންފުންޏެއް އުފައްދަވައިފައެވެ.
ސޮލަރެލް އިންޝުއަރަންސްގެ ޗެއާމަމަނަކީ ބަންދު އިބްރާހީމް ސަލީމްއެވެ. ސަލީމް އަމިއްލަފުޅު ވިޔަފާރީގެ ތެރެެއަށް ވަދެވަޑައިގަތީ މީގެ 30 ވަރަކަށް އުފެދުނު ސީޕްރިއާ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައެވެ.