ފިޔޯރީ ޖެޓީ މަތިން ވެއްޓި މީހަކު މަރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފިޔޯރީ ޖެޓީ މަތިން ވެއްޓި މީހަކު މަރުވެއްޖެ!

ރޭ އަށެއް ޖަހާކަށް ހާއިރު ފިޔޯރީ ޖެޓީމަތިން މޫދަށް ވެއްޓި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

އެނގިފައި ވާގޮތުން ރޭ ހިނގި އެހާދިސާގައި މަރުވެފައިވަނީ ފިޔޮރީއަށް ނިސްބަތްވާ އުމުރުން 64 އަހަރުގެ ސާމީ އަހްމަދު (ސާމިޔާ ބެއްޔާ) ނަމަކަށް ކިޔާ މީހެކެވެ. ފިޔޮރީން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެމީހާ މޫދައް ވެއްޓުނީ ދޯންޏަކަށް އަރަން އުޅުމުގެ ތެރޭގައި ފައި ކައްސާލައިގެން، ދޯންޏާ ޖެޓީ އާ ދޭތެރެ ވާ ގޮަތައް މޫދަށެވެ. 

މައުލޫމާތު ލިބޭ ގޮތުން، މި ހާދިސާ ހިނގި ވަގުތަކީ އެރަށު ޖެޓީ ސަރަހައްދުގައި އަގުހެޔޮކޮށް ކާޑުގެ ބާވަތްތައް ވިއްކަމުން ދަނިކޮށް ގިނަ ބަޔަކު ޖެޓީ ކައިރިއަށް އެއްވެފައި ވާ ވަގުތެކެވެ. އެހެން ކަމުން ސާމިޔާ ބެއްޔާ ވެއްޓުމާއެކު ވަގުތުން އޭނާ ނަގާ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. 

އޭަނާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދިޔަތާ ބައި ގަޑިއިރެއްވަރު ފަހުންނެެވެ. 

މި ހާދިސާ އާ ގުޅެގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް މިއަދުނޫހުން ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިޔޯރީގައި ޖެޓީއަށް ވެއްޓިގެން މީހަކު މަރުވި ހާދިސާއެއް ފުލުހަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އެއީ އިއްޔެ އިރުއޮއްސި 1800 ގައި އެވެ.

މި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރެވެމުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މިއަދު އޮންލައިން