ގުޅިފައިވާ ޕާޓީތަކުގެ ޖޮއިންޓް ޕީޖީ ގްރޫޕުގެ ލީޑަރުކަން ޖޭޕީގެ ޕީޖީ ލީޑަރު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟަށް ލިބިވަޑައިގެންފިއެވެ. ރިޔާޟަށް އެ މަޤާމު ލިބިވަޑައިގަތީ ކޯލިޝަނުގެ ހިމެނޭ ޕާޓީތަކަށް ބަލާއިރު މިހާރު މަޖިލީހުގައި މެންބަރުން އެންމެ ގިނައީ ޖޭޕީގައި ކަމަށްވާތީއެވެ.
މަޖިލީހުގައި މިހާރު ތިއްބެވީ ޖޭޕީއަށް ނިޞްބަތްވާ 22 މެނަބަރުންނެވެ. މެނަބަރު ސައުދު ޢާއި މެންބަރު ލަޠީފް މިއަދު ވަނީ ޖޭޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މި ދެ މެންބަރުން އަދި ޖޭޕީއަށް ސޮއިކުރެއްވިކަން އެނގިފައެއް ނުވެއެވެ. މި 2 މެންބަރުން ސޮއިކުރައްވައިފިނަމަ ޖޭޕީގެ މެންބަރުންގެ އަދަދު 24 އަށް އިތުރުވާނެއެވެ.
ޖޮއިންޓް ޕީޖީ ގްރޫޕުގެ ލީޑަރަކަށް ހަމަޖައްސަނީ އެއިރެއްގައި އެ ގްރޫޕުގައި މެންބަރުން އެންމެ ގިނަ ޕާޓީއެއްގެ ޕީޖީ ލީޑަރެވެ.