ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ، މާލެއާއި ހުޅުމާލޭގެ ގޭގެއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތަކީ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް" ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރެއްވި ޒިޔާރަތެކެވެ. މީގެއިތުރުން އެމަނިކުފާނުގެ މިޒިޔާރަތުގެ ބޭނުންފުޅު ތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލު ބައްލަވައިލެއްވުންވެސް ހިމެނެއެވެ.