ރައީސް ޔާމީނުގެ ސަރުކާރުގެ ދަރަންޏަކީ 18.5 ބިލިއަން ޑޮލަރު ކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގެންފިއެވެ. އެހެންކަމަށްވާއިރު މިއީ އަހަރަކު 3.7 ބިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޭ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނި ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ ދަރަންޏަކީ ފާއިތުވި ހުރިހާ ސަރުކާރުތަކެއްގެ ދަރަންޏަކީ 28.5 ބިލިއަން ޑޮލަރު ކަމަށެވެ.
އަދި އެމަނިކުފާނުގެ ވެރިކަން ނިމުނު އިރު ދަރަންޏަކީ 40 ބިލިއަން ޑޮލަރު ކަމަށާއި ނިސްބަތުން އެއީ އަހަރަކު 2 ބިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށެވެ. މާލީ ވަޒީރު އަހްމަދު މުނައްވަރު ބަޖެޓު ހުށަހެޅުއްވިއިރު ދަރަނީގެ ގޮތުގައި 47 ބިލިއަން ޑޮލަރު އެބައޮތް ކަމަށެވެ. އެހެންކަމަށްވާނަމަ އެއީ ރައީސް ޔާމީނުގެ ސަރުކާރުގެ ސަރުކާރުގެ ދަރަނީގެ ޖުމުލަ އަކީ 18.5 ބިލއަން ޑޮލަރެވެ. އެހެންކަމަށްވާއިރު މިއީ އަހަރަކު 3.7 ބިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ރައީސް ޔާމީނު ރޭ ވިދާޅުވި ފަދައިން 2 ބިލިއަން ޑޮލަރުގެ އިތުރުވުމެއް ނޫނެވެ.