މާލެ- ކުނިން ސަލާމަތް ކޮށްދޭނެ ފަރާތަކަށް ބޭނުންވެފައި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
މާލެ- ކުނިން ސަލާމަތް ކޮށްދޭނެ ފަރާތަކަށް ބޭނުންވެފައި!

މާލެ ސިޓީ އަދިވެސް އޮތީ ސަލާމަތް ކޮށްދޭނެ ފަރާތަކަށް ބޭނުންވެފައެވެ. ކޮންމެ މަގަކަށް ބަލައިފި ނަމަވެސް ކުނިތައް ދަނީ ފެންނަމުންނެވެ. މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ބަލަހައްޓަމުން ގެންދަނިކޮށް ޤާނޫނަށް ބަދަލު ގެނެސް މަގުތަކުގެ ކަންކަން ވަނީ ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

މިސަރުކާރުން މިހާރު ވަނީ އެ މަސައްކަތް އަލުން މާލޭ ސިޓީ ކައުނސިލާއި ހަވާލުކުރަން ނިންމައިފައެވެ. ނަމަވެސް އެކަންކަން ކުރެވޭނެ ގޮތަށް އަދި ޤާނޫނަށް ބަދަލު ގެނެސްފައެއް ނުވެއެވެ. މިމަރުހަލާގައިވެސް މާލޭގެ މަގުތަކުގެ ސާފުތާހިރުކަން ކަށަވަރުކުރަން އެބަޖެހޭ ކަމާއި ޕާކުކުރުމަށް ހުރި ސަރަހައްދުތައް ކުނިން ސަލާމަތް ކުރަން ޖެހޭ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން