ރައީސް ޔާމީނު 2013 ވަނަ އަހަރު ކެންޕޭނު ކުރިއިރު "ބްރޭންޑް ނިޔު ހޮންޑާ" ޕާކުކޮށްފަ "ބާވެފައޮތް މަޒްޑާ" ލައްވައި ދަތުރުތައް ކުރުވީ ކީއްވެތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރައީސް ޔާމީނު 2013 ވަނަ އަހަރު ކެންޕޭނު ކުރިއިރު "ބްރޭންޑް ނިޔު ހޮންޑާ" ޕާކުކޮށްފަ "ބާވެފައޮތް މަޒްޑާ" ލައްވައި ދަތުރުތައް ކުރުވީ ކީއްވެތޯ!

އުމުރުން 65 އަހަރު ވެފައިވާ މީހުން ރައީސް ޔާމިނު ރޭ ސިފަ ކުރެއްވީ "ބާވެފައޮތް މަޒްޑާ"ގެ ގޮތުގައެވެ. އަދި އުމުރުން 65 އަހަރު ނުވާ އެމަނުކުފާނު ފަދަ ބޭފުޅުން ސިފަކުރެއްވީ "ބްރޭންޑް ނިޔު ހޮންޑާ"ގެ ގޮތުގައެވެ. ހާމަކުރެއްވީ "ބާވެފައޮތް މަޒްޑާ" އަށް "ބްރޭންޑް ނިޔު ހޮންޑާ" އާއި އެއްވަރަށް ދަތުރު ނުކުރެވޭނެ ކަމެވެ.

ފުރަތަމަ ސުވާލަކީ 2013 ވަނަ އަހަރު ކެންޕޭނު ކުރިއިރު "ބްރޭންޑް ނިޔު ހޮންޑާ" ޕާކުކޮށް ބާއްވާފަ "ބާވެފައޮތް މަޒްޑާ" ލައްވައި ދަތުރުތައް ކުރުވީ ކީއްވެބާވައެވެ! ގިނަ ރަށްރަށަށް ބްރިޖެއްވެސް ނެތި ވަޑައިގަތީ ރައީސް ޔާމީނުތޯ ނުވަތަ ރައީސް މައުމޫނުތޯއެވެ؟ ދެވަނަ ސުވާލަކީ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ދުވަހު، މިއަހަރު ރިޔާސީ ކެންޕޭނު ފެށުމާއި ހަމައަށް "ބްރޭންޑް ނިޔު ހޮންޑާ" ކުރީ ކިތއް ދަތުރުތޯއެވެ؟ ކޮންމެ ރަށަކަށް ބްރިޖެއް ނެތް ނަމަވެސް ސީ ޕްލޭނުގައި ވެސް ރަށްރަށަށް ނުދެވުނީ ކީއްވެގެންބާވައެވެ!

ރައީސް ޔާމީނުގެ ވާހަކަފުޅުން: "ދެން ރައްޔިތުން ވޯޓާއި ހަމައަށް ދިއައިމަ ރައްޔިތުން ނިންމާނީ އުމުރުން 65 އަރުން ފެށިގެން މަތީގެ މީހުންނަށް ވޯޓުދޭނީތޯ ނުދޭނީތޯ؟ އެއީ އެހައި ބޮޑު އަޅުގަނޑުގެ ބޭނުމެއް އޮވެގެން ކުރި ކަމެއް ނޫން. އަޅުގަނޑުގެ ހަމައެކަނި ބޭނުމަކަށްވެފައި އޮތީ ރާއްޖެއަށް މިހާރު ތަރައްޤީ ބެނުންވާ މިންވަރަށް ތަރައްޤީ ގެނެވޭނީ މިދެންނެވި އުމުރު ފުރައިގެ މީހަކު ވެރިކަމުގެ ހުރެގެންނޭ. 65 އަހަރުން ދަށުގެ މީހަކު ހުރެގެންނޭ. ދެން މިހާރު 56 އަހަރު ވީމަ ކުރިމަތިލާއިރުވެސް އޭން 5 އަހަރުގެ ދައުރެއް ހަމަކުރާއިރު އޭން 70 އާ ކައިރިވަނީ ނޫންތޯ؟

ތިއަބޭފުޅުން ޤަބޫލުފުޅު ކުރައްވާ ރާއްޖޭގަ ގިނައީ ޒުވާނުން. އަޅުގަނޑުމެން ތަރއްޤީގެ މަޝްރޫއުތަކާ މިކަންކަން ކުރާންމް ހްމް ދަތުރުފަތުރުވެސް ކުރަން ޖެހޭ ނޫންތޯ؟ ކޮންމެ ދެރަށެއް ދޭތެރޭ މިކަހަލަ ބްރިޖެއްވެސް އޮތީކީ ނޫން. ރައީސް ވަރަށް ގިނަ ދަތުރުކުރަންޖެހޭނެ. މިއީ އަޅުގަނޑުގެ ޒާތީ ކަމެއް އޮވެގެން ކުރި ކަމެއް ނޫނޭ. އެ އުމުރުގެ މީހަކު އެ ހަލުއިމިނުގަ އެހައި މުރާލިކަމާއިއެކު ކަންތައް ކުރާނީ ކިހިނެއްތޯ؟ ބްރޭންޑް ނިޔު ހޮންޑާއަކާ ބާވެފަ އޮންނަ މަޒްޑާއަކާ ދުއްވަން ފަށައިފިއްޔާ ކިހިނެއްތޯ ވާނީ؟"

މިއަދު އޮންލައިން