ފުލުހުންގެ ކޯނާ މަގުތަކުގަ ދަމާފަ ހުންނަ ރޮނގު ފެންނަން ޖެހޭނީ ހަމައެކަނި ޢާންމު ރައްޔިތުންނަށްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ފުލުހުންގެ ކޯނާ މަގުތަކުގަ ދަމާފަ ހުންނަ ރޮނގު ފެންނަން ޖެހޭނީ ހަމައެކަނި ޢާންމު ރައްޔިތުންނަށްތޯ؟

މަގުތަކުގައި ޕާކު ނުކުރަން ޖެހޭ ސަރަހައްދުތައް ކަނޑައަޅައި ފުލުހުން ބަހައްޓާ ކޯނުތައް ފެންނަން ޖެހޭނީ ހަމަ އެކަނި ޢާންމު ރައްޔިތުންނަށް ކަމަށް ވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

ފުލުހުންގެ އަމުރުތަކާއި ޚިލާފްވުމުން އަދަބު ދެނީވެސް ހަމަ އެކަނި ޢާންމު ރައްޔިތުންނަށް ކަމަށްވާނަމަ އެއީ ވެސް ވަރަށް ބޮޑު މައްސަލައެކެވެ. ޤަވާއިދުތަކަށް ސަރުކާރުގެ މުވައްޒިފުން އިހްތިރާމް ނުކޮށް ރައްޔިތުން ކުރާ ކަންކަން އިޞްލާޙުކުރެވޭނެ ކަމަށް ބެލުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ޚަބަރުގައިވާ ފޮޓޯއަކީ މިއަދު ހެނދުނު 7.45 ގައި ނަގާފައިވާ ފޮޓޯއެކެވެ.

އެހެންކަމުން އެއިރު އެ ސަރަހައްދުގައި ޢާންމު ރައްޔިތެއްގެ ސައިކަލެއް ހުންނަން ޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ސައިކަލު ބަހައްޓާފައި ފައިބައިގެން ދިއަ މީހުން ތިބީ ޓައީވެސް އަޅައިގެންނެވެ. ޓްރެފިކާއި ޕާކުކުރުމުގެ މައްސަލަތައް މިހައި ބޮޑުވެފައިވާއިރު ޤަވާއިދުތަކަށް އެންމެންވެސް އަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން