"އަޅުގަނޑުގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ހަލާލެއް ނޫން" ކަމަށް ބުނުމަކީ ގެއަށް ހަލާލު ނޫން ފައިސާ ވަންކަމަށް ބުނުމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ރޭ ވިދާޅުވީ އެމަނިކުފާނަކީ ދައްކަވާ ވާހަފުޅު އޮޅިވަޑައި ނުގަންނަވާ ޙާލުގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ.
އަދި ދައްކަވާ ވާހަކަފުޅުގެ މާނަ އޮޅޭ ގޮތަށް ވާހަކަފުޅު ދައްކަވާ ބޭފުޅެއްވެސް ނޫން ކަމަށެވެ. ރުމާލު 2 ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "އަޅުގަނޑުގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ހަލާލެއް ނޫން" ކަމަށެވެ.
ނަމަވެސް ރޭ ވިދާޅުވީ ޙަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅަށް ވަންކަމަށް ވިދާޅު ނުވާ ކަމަށެވެ. ރައީސް ޔާމީނު ރޭ ވިދާޅުވީ ހަލާލު ޙަރާމްގެ ވާހަކަ ދައްކަވާފައިވެސް ނުވާނެ ކަމަށެވެ. ދައްކަވާފައި ވާނީ ގޮތް ނުއެނގޭ ފައިސާގެ ވާހަކަ ކަމަށެވެ.
ރައީސް ޔާމީނުގެ މިވާހަކަފުޅުތަކާއި ގުޅިގެން ބައެއް މީހުން ބުނަނީ ރައީސް ޔާމީނު ދައްކަވާ ވާހަކަފުޅު ރައީސް ޔާމީނު ވިދާޅުނުވާ ގޮތަށް އަޑު އިވޭނެ ނިޒާމެއް އިންވެންޓްކޮށް ރައީސް ޔާމީނު ކޮންމެ ގޮތަކަށް ވިދާޅުވި ނަމަވެސް ރައީސް ޔާމީނު ފަހުން ވިދާޅުވާނެ ގޮތަށް ރައްޔިތުންނަށް އަޑު އިވޭނެ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު ހައްޔަރުކުރަން ޖެހޭނެ އެއްވެސް ސަބަބެއް ނުއޮންނާނެ ކަމަށްވެސް ރޭ ރައީސް ޔާމީނު ވަނީ ވިދާޅުވެފައެވެ.