ބަންދުކޮށްފައިވާ އަމީރު އަހުމަދު މަގު އަލުން ހުޅުވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބަންދުކޮށްފައިވާ އަމީރު އަހުމަދު މަގު އަލުން ހުޅުވަނީ!

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ބަންދުކޮށްފައިވާ މާލޭގެ އަމީރު އަހުމަދު މަގު އަލުން ހުޅުވާލުމަށް މިހާރު ސަރުކާރުން ނިންމަވައިފިއެވެ. 

އެނގިފައިވާ ގޮތުން، އިސްލާމީ މަރުކަޒު ކައިރީގައި އޮންނަ މި މަގު ހުޅުވުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ނިންމެވުމާއި ގުޅިގެން، އަންނަ ހަފްތާގެ ތެރޭގައި އެ މަގު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. 

އެގޮތުން، އެ މަގުން އިސްލާމީ މަރުކަޒާ ދިމާލުގައި ޖަހާފައި ހުރި މާބުލްތައް ނައްޓައިލުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ދެއެވެ. އަމީރު އަހުމަދު މަގު ބަންދު ކުރުމާއި ގުޅިގެން ދުއްވާއެއްޗެހި ގެންގުޅުއްވާ ފަރާތްތަކަށް، ހާއްސަކޮށް ޓެކްސީ ކުރާ ފަރާތްކަށް ދަތިތަކެއް ކުރިމަތިވެ، އޭގެ ޝަކުވާ ސަރުކާރަށް ވެސް ހުށައަޅާފައި ވާކަން އެނގިފައި ވެއެވެ. 

އެހެންކަމުން، މި މަގު ހުޅުވުން ވެގެން ދާނީ ޓެކްސީ ކުރާ ފަރާތްތަކައް ބޮޑު ލުޔަކަށެވެ. އަމީރު އަހުމަދުމަގުގެ އިތުރުން ބަންދުކޮށްފައިވާ އިތުރު މަގެއް ހުޅުވަން ސަރުކާެރުން ނިންމެވިކަން އަދި އެނގިފައި ނުވެއެވެ.

ނަމަވެސް، ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި އެ މަގުތައް ވެސް ހުޅުވިގެން ދާނެ ކަމުގެ އުއްމީދު ބޮޑެވެ.

މިއަދު އޮންލައިން