ޕެޓްރޯލާ ޑީސަލް ވިއްކާ ތަންތަނުން 24 ގަޑިއިރު ޚިދުމަތް ދެވޭ ގޮތަށް ޤަވާއިދު އިޞްލާހްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ޕެޓްރޯލާ ޑީސަލް ވިއްކާ ތަންތަނުން 24 ގަޑިއިރު ޚިދުމަތް ދެވޭ ގޮތަށް ޤަވާއިދު އިޞްލާހްކޮށްފި

ކަމާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިގެން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ސައުވީސް ގަޑިއިރު ހުޅުވާފައި ބަހައްޓައިގެން ޚިދުމަތް ދެވޭ ގޮތަށް ޤަވާއިދު އިޞްލާހްކޮށް ގެޒެޓްކޮށްފިއެވެ. 

ޤަވާއިދަށް ގެނައި މި އިޞްލާޙް ގެޒެޓްކޮށްފައިވަނީ ގެޒެޓްކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފެށޭ ގޮތަށެވެ. އެހެންކަމުން ފެށިގެން މިއަދުން ފެށިގެން މި ޤަވާއިދަށް ޢަމަލުކުރެވިދާނެއެވެ.

މިފަދަ އިޞްލާޙެއް ޤަވާއިދަށް ގެނެސްފައި މިވަނީ މާލޭގައި ވެހިކަލްތައް ގިނަވެ ޕެޓްރޯލާއި ޑީސަލް އެޅުމަށް ވަރަށް ގިނަ ވަގުތު ކިޔޫގައި ހޭދަކުރަން ޖެހިފައިވާ ވަގުތެއްގައެވެ.

މިއަދު އޮންލައިން