ބެންގަލޫރުގައި ހުންނަވާ ރާއްޖޭގެ އޮނޮރަރީ ކޮންސުލް، ނައިބު ރައީސް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ބެންގަލޫރުގައި ހުންނަވާ ރާއްޖޭގެ އޮނޮރަރީ ކޮންސުލް، ނައިބު ރައީސް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިޔާގެ ބެންގަލޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް، ހިޒް އެކްސެލެންސީ ޑޮކްޓަރ ވީ. ޖީ. ޖޯސެފް، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން ދެބޭފުޅުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

މިއަދު އޮންލައިން