އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.
އިނގިރޭސި ފޮރިން ސެކެޓްރީ ޖެރެމީ ހަންޓް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ އާ ހަރުފަތަކަށް ދިޔުމަށް އެޅިގެންދާ މުހިއްމު ބިންގަލެއްކަމަށާއި، ހަމައެއާއެކު ރާއްޖެއަށް ޒިޔާރާތްކުރާ އިގިރޭސިވިލާތުގެ ފަތުރުވެރިން އިތުރުވެގެންދާނެކަމެއް ކަމަށް ވެސް ހަންޓްވަނީ ވިދާޅުވެފައެވެ
އެޤައުމުގެ މިނިންމމާއި ގުޅިގެން ފޮރެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެގެ މިނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުން ރާއްޖެއާއިމެދު ގެންގުޅޭ ގާތްގުޅުން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރަށް މިކަމުގައި ބޭނުންވާ އެއްބާރުލުން ދޭނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ