ފަތުރުވެރިކަމުގެ ސިނާއަތުގަ މަސައްކަތްކުރާ މުވައްޒިފުން ބޮޑުބަންދުގެ ދުވަސްތައް ބަދަލުކުރަން ބޭނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ފަތުރުވެރިކަމުގެ ސިނާއަތުގަ މަސައްކަތްކުރާ މުވައްޒިފުން ބޮޑުބަންދުގެ ދުވަސްތައް ބަދަލުކުރަން ބޭނުން!

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒިފުން ބޮޑުބަންދުގެ ނުވަތަ ސްކޫލް ޗުއްޓީގެ ދުވަސްތައް ބަދަލުކުރަން ބޭނުންވެއެވެ.

ބައެއް މުވައްޒިފުން ބުނަނީ ޑިސެމްބަރާއި ދިމާކޮށް ސްކޫލްތައް ބަންދުކުރުމުން އެމީހުންނަށް ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. "އެއީ ރިޒޯޓުތަކުގެ އޮކިޔުޕަންސީ އެންމެ ރަނގަޅު ދުވަސްތައް. އެހެންވީމާ ޢާއިލާއާއިއެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު އޮންނަނީ ނުލިބިފަ." މަސްވެރިކަން ފިޔަވައި ދިވެހިންގެ އެންމެ ގިނަ ބައަކު، ޚާއްޞަކޮށް ޒުވާނުން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައެވެ.

އެހެންކަމުން ގިނަ އަދަދެއްގެ ޒުވާން ބައްޕައިން ގެންދަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންނެވެ. ސަރުކާރުންވެސް ގެންދަނީ ރައްޔިތުންގެ ޢާއިލީ ގުޅުންތައް ބަދަހިކުރެވޭނެ މަގު ފަހިކުރަން މަސައްކަތް ކުރަމުންނެވެ. ސްކޫލުތަކުގެ ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ސަރުކާރަށް ކުރަން އުނދަނގޫ ކަމަކަށް ވާނެ ކަމަކަށް ނުބެލެވެއެވެ.

ދަރިވަރުން ހަދާ ބޭރުގެ އިމްތިޙާންތައް އަހަރުގެ މެދުތެރޭގައިވެސް ދަނީ ހަދަމުންނެވެ. ވީމާ ޢާއިލީ ގުޅުންތަކާއި ބެހޭ މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން މިކަމަށް މަޝްވަރާކުރުން މުހިންމުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން