ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލި ހަމީދުގެ މައްޗަށް ކޮށްފައި ވާ ހުކުމް ބާތިލުކޮށްފިއެވެ. ކްރިމިނަލްު ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ސްޕްރީމް ކޯޓުން ބާތިލު ކޮށްފައި ވަނީ މިއަދު ހެނދުނު އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވަނީ އަދުލް އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅިކަމުގެ ދައުވާއެވެ. އެއީ އޭނާގެ ފޯނު ތަހުގީގަށް ނުދިން ކަމަށް ބުނެއެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރުގެ ތެރޭގައި އެވެ.
މި މައްސަލައިގައި އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ފަނޑިޔާރު ޢަލީ ހަމީދުގެ އިތުރުން މި މައްސަލާގައި ރައީސް މައުމޫން އަދިި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވެސް ކުރީގެ ސަރުކާރުން ދައުވާ ކުރިއެވެ.