ތ.ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ،އެރަށުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ
މި ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމުގައި، އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ވަގުންނަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުވުމަށްޓަކައި ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި ކުށެއް ހިންގަންއުޅުން ނުވަތަ ކުށެއް ހިނގާފާނެކަަށް ފާހަގަވެއްޖެނަމަވެސް ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ނަސޭހަތްތެރިވެފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ސިނގިރޭޓްފަދަ ތަކެތި ނުވިއްކުމަށް އިރުޝާދު ދީފައިވެއެވެ.
މި ޕްރޮގްރާމުގައި ހިރިލަންދޫގައި ވިޔަފާރިކުރާ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާއިރު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ތ. ހިރިލަންދޫގެ ވިޔަފާރިވެރިންގެ ފަރާތުން ފުލުހުންނަށް ވަަރަށް ބޮޑު އެއްބާރުލުމެއްވަނީ ލިބިފައެވެ
ޙަބަރު ޕޮލިސް