ގޭންގުތަކާއި އެއް މޭޒަކަށް ވަޑައިގަންނަވާތީ މަހުލޫފަށް ފާޑުކިޔުން

ކިޔުމަށް ހޭދަވާނީ 1މ 8ސ
ގޭންގުތަކާއި އެއް މޭޒަކަށް ވަޑައިގަންނަވާތީ މަހުލޫފަށް ފާޑުކިޔުން

ގޭންގުތަކާއި އެއް މޭޒަކަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފް ވަޑައިގަންނަވާތީ، ގިނަ ބައެއްގެ ފާޑު ކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ. މިނިސްޓަރ މަހްލޫފު ރޭ ކުރެއްވި ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިމިވަނީ ރާއްޖޭގައި ގޭންގުތައް އޮތްކަމީ ދެކޮޅު ނުހެދޭނެ ހަގީގަތެއް ކަމަށާ އެކަމުގެ ސަބަބުން އެތައް ޒުވާނެއްގެ ފުރާނަ ގޮސްފައިވާ ކަމާއި މިކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރަން ޖެހިފައިވާކަމަށް އެމަނިކުފާނު ވިދާލުވުމުންނެވެ.

އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭ 35 މަރު ހިނގާފައިވާ ކަމަށާއި ހަނގުރާމަ އިއުލާނު ކުރުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް ޔޫތު މިނިސްޓަރުގެ ވާހަކަފުޅު ގިނަ މީހުން ސިފަކޮށްފައިވަނީ ގޭންގުތަކާ ވާހަކަ ދެއްކުމަކީ ކުށްވެރިންނާއެކު ޑީލް ހެދުން ކަމުގައެވެ. އަދި އެފަދަ ކަންކަމުން ދުރުހެލިވުމަށް އެތައް ބަޔަކު ގޮވާލާފައިވެއެވެ. ކުށްވެރިންނަށް ހައްގު އަދަބު ނުދެވި، މިފަދަ ގްރޫޕްތަކަށް ގޭންގުތަކުގެ ނަމުން މުހާތަބު ކުރެވުމަކީ އެމީހުންނަށް ހައިސިއްޔަތު ދެވުން ކަމަށާއި ސަރުކާރުގެ ބޭފުޅަކު "ގޭންގު" މި ބަސް ބޭނުން ކުރުމަކީ ނުވަތަ ގޭންގުތަކުގެ ވާހަކަ ދެއްކުމަކީ އެފަރާތްތަކަށް އެކަމުން ހިއްވަރު ލިބޭނެ ކަމެއް ކަމަށް އަދި އެފަދަ ކަންކަމުން ދުރުހެލިވާން ޖެހޭކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

މިއަދު އޮންލައިން