މިހާރު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން، މާލޭގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރި ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، އެފަދަ ރިޕޯޓުތަކެއް ލިބިފައިވުމާއި ގުޅިގެން އެކަން ބަލަމުންދާ ކަމަށާއި މިކަމަށް ހުރިހާ ރައްޔިތުން ވެސް ސަމާލުވެ ރައްކާތެރިވެ ތިބުމަށެވެ.

މިފަދަ ކަމެއް ފާހަގަ ކުރެވޭނަމަ ސްޓެލްކޯ ގެ 104 ނަންބަރަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.