ރައްޔިތުން ހޭލުތެރިކުރުވުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މ. ދިއްގަރުގައިފަށައިފިއެވެ.
މި ޑިސެމްބަރ 05 ވަނަ ދުވަހު މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ފެށި މި ޕްރޮގްރާމަކީ، މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރެއްކަމުން ގިނަ ޢަދަދެއްގެ ބަޔަކު ރަށުން ބޭރަށް ދިއުމާއި އަދި ރަށަށް ޒިޔާރާތްކުރާ ރަށުން ބޭރު މީހުންގެ ޢަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއެކު އާންމު ރައްޔިތުން އެކަމަށް ހޭލުން ތެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ދިއްގަރުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ވައްކަން ކުރުން ފަދަ ކަންކަމަށް މަގުފަހިވާ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި އާއްމު އިޖްިމާއީ މިންގަނޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށްދަނީ މިފަދަ ޕްރޮގްރާމްތައް ހިންގަމުންގެންދެއެވެ.
ޙަބަރު ޕޮލިސް