ގޭންގްތަކުގެ މައްސަލައިގައި ގޭންގްތަކުގެ މީހުންނަށް ނަފްސާނީ ފަރުވާދޭން ނިންމުމުން ގިނަ ބައަކު ސޯޝަލް މީޑިއާގައި ފާޑުކިޔުމުން ޔޫތް މިނިސްޓަރ އަޙްމްދު މަޚްލޫފް އެކަމަށް ވިދާޅުވީ މަރްޙަބާއެވެ. މަޚްލޫފް ވިދާޅުވީ ފާޑުކިޔުތަކަށް ތަޢްރީފް ކުރައްވާ ކަމަށެވެ.
އަދި ފައުޅުކުރި ޚިޔާލުތައް ބޭނުންކުރައްވައިގެން ކުރިއަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ޣޭންގްތަކުގައި ހަރަކާތްތެރިވާ މީހުން ރިހިބިލިތޭޓް ކުރަންޖެހެއެވެ. ނަމަވެސް އެއީ ނަފްސާނީ ބައްޔެއް ޖެހިފައިވާ ބައެއް ނޫނެވެ.
އެމީހުންނަކީ އެގޮތުގައި ކުރިއަށް ދިއުމުގެ މަގުފަހިކޮށްފައި އޮތުމުން ކުށްތައް ކޮށްގެން ދިރިއުޅެން އާދަވެފައި ތިބި ކުށްވެރިންނެވެ. މިކަމުގެ ހެކި ދެއްކި ބައެއް މީހުން ބުނެފައިވަނީ މަސާޖްޕާލަރުގެ ނަމުގައި ނާސިގެ ހިންގާ މީހުން ފަދަ މަނާ ކަންކަން ކުރާ މީހުން ގޭންގްތަކަށް ފައިސާ ދީގެން ތަން ހިމާޔަތްކުރާ ކަމަށެވެ. އަދި އެނޫން ކަންކަމުގައިވެސް ގޭންގުތަކުގެ ބޭނުން ހިފައި ބޮޑެތި އަދަދުތަކުން ގޭންގުތަކަށް ފައިސާ ދޭ ކަމަށެވެ. އެފަދަ ބައެއް މީހުން ބުނެފައިވަނީ އެންމެ ފުރަތަމަ ހުއްޓުވަން ޖެހޭނީ ގޭންގްތަކަށް ހިތްވަރުދޭ މީހުން ކަމަށެވެ.
ފައިސާ ޚަރަދުކުރާ މީހުން ކަމަށެވެ. ކުޑަ މަސައްކަތަކުން ގިނަ ފައިސާ ލިބޭނަމަ އެކަން ކުރަން އަބަދުވެސް މީހުން ކުރިމަތިލާނެ ކަމަށެވެ. މިފަދަ ވަރަށް ޚިޔާލުތއް ގިނަ ބައަކު ވަނީ ފައުޅުކޮށްފައެވެ. ރައްޔިތުންގެ މިފަދަ ޚިޔާލުތައް ބަލައިގަތުމަކީ ފަހަކަށް އައިސް މިނިސްޓަރުންގެ ކިބައިން ފެންނަ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.