މާލެއަށް މިއަދު ކުރި ވިއްސާރައިގައި ފެންބޮޑުވި ނަމަވެސް، ފެންގަނޑުގައި ކަރަންޓުގެ އަސަރެއް ނެތް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން އެހެން ބުނެފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރި ކަމަށް ބުނެ ދައުރުވަމުން ދިޔަ މެސެޖަކާއި ގުޅިގެންނެވެ.
ފުލުހުންވެސް ވަނީ، އެފަދަ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށް ބުނެ ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ސްޓެލްކޯގެ 104 އަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ބުނެފައިވެއެެވެ.
ނަމަވެސް އެކަމާ ގުޅިގެން ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައިޖީއެމްއެޗު ސަރަހައްދުގައި ކަރަންޓްގެ އެއްވެސް ލީކޭޖެއް ނެތް ކަމަށާއި ރައްކާތެރިކަމާ އެކު ގޭގެއަށް ކަރަންޓް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ސްޓާފުން ހަރަކާތްތެރިވާ ކަމަށެވެ.