ނުރައްކާތެރި ވައިރަހެއް ފެތުރެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ނުރައްކާތެރި ވައިރަހެއް ފެތުރެނީ!

ވިންޑޯޒް އިން އޮޕަރޭޓް ކުރާ ކޮމްޕިއުޓަރުތަކަށް ހަމަލާދޭ ވައިރަހެއް ވަރަށް ހަލުއިކޮށް ފެތުރެމުން އެބަދެ އެވެ. އެނގިފައިވާ ގޮތުން ގާތްގަނޑަކަށް މިލިއަނެއްހައި ކޮންޕިޓަރުން މި ވައިރަސް ފެނިފައިވެއެވެ. 

އެންޓި ވައިރަސް ކުންފުނިތަކުން ބުނާ ގޮތުގައި މި ވައިރަހުން ރައްކާތެރިވުމަށް ސެކިއުރިޓީ ޕެޗްތަކާއި ސެކިއުރިޓީ ސޮފްޓްވެއާތަކުގެ ފެންވަރު މަތިކުރުން މުހިއްމެވެ. 

ވިންޑޯސްގެ ވެރި މައިކްރޮސޮފްޓުން ބުނާ ގޮތުން އެންމެ ގިނައިން ވައިރަސް އަރާފައި ވަނީ ރަޝިޔާ އާއި ޗައިނާ އަދި އިންޑިޔާ ނެޓްވޯކްތަކަށެވެ. އަދި އެމެރިކާގައި ވެސް މި ވައިރަސް ފެތުރެމުން ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.

މި ވައިރަހުގެ ސަބަބުން، ވެބްސައިޓްތަކުން ރައްކާތެރި ނޫން ޕްރޮގްރާމްތައް އޮޓޮމެޓިކުން ކޮމްޕިއުޓަރަށް ޑައުންލޯޑް ވެއެވެ. ވައިރަސް ފެތުރުމުގައި މެދުވެރިންނަކީ ޔޫއެސްޕީ ފްލޭޝް ޑްރައިވް ފަދަ އުފުލާ ގެންގުޅޭ ޑްރައިވްތައް ކަމަށް ސެކިއުރިޓީ ކުންފުނިތަކުން ބުނެއެވެ.

އެހެންކަމުން މި ފަދަ ތަކެތި ކޮމްޕިޓަރުތަކަށް ކަނެކްޓުކޮށް ބޭނުންކުރާއިރު ވިސްނަން ޖެހެއެވެ. އަދި ރަނގަޅު ފެންވަރުގެ އެންޓި ވައިރަސް ސޮފްޓްވެއާތައް ސިސްޓަމްތަކަށް އިންސްޓޯލް ކުރަން ޖެހެވެ.

މިއަދު އޮންލައިން